Press Release On the "Negative Vibes".
ނޫސް ބަޔާން
.ސިމްބޮލިކް ރެކޯޑްސްގެ ވީޑިއޯ ލަވަ "ހައި ހައި" އާއި ގުޅިގެން ބަޔަކު މީހުން ފަތުރަމުންދާ ހަގީގަތާއި ޙިލާފް ވާހަކަތާއި ގުޅިގެން ދަންނަވަމެވެ
ސިމްބޮލިކްގެ ރެކޯޑްސްގެ ރެކޯޑް ލޭބަލްގް ދަށުން ނެރެފައިވާ " ހައި ހައި" ލަވައާއި ގުޅިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ތެރޭގައި އެ ލަވައިގައި ހަރަކާތްތެރިވާ ނުވަތަ އެލަވަ ކިޔާފައިވާ ސިމްބޮލިކްގެ އާޓިސްޓުން ޖަލަށް ލާފައިވާ ކަމަށާއި، އަދި އެ އާޓިސްޓުންގެ މައްޗަށް ލަވައާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާ ކަމަށާއި، އަދި މި ނޫނަސް މިފަދަ އެތަކެއް ހަގީގަތާއި ޙިލާފު ދޮގު ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް މިއަދާ ހަމަޔަށްވެސް ހިގާފައި ނުވާ ވާހަކަ ދަންނަވަމެވެ. ސިމްބޮލިކް ރެކޯޑްސްގެ އެއްވެސް އާޓިސްޓެއްގެ މައްޗަށް މި ލަވައާއި ގުޅިގެންވެސް އަދި އެނޫން އެހެން އެއްވެސް ޖިނާއީ ކުށަކާއި ގުޅިގެންވެސް އެއްވެސް ތަހުގީގެއް ހިގަމުން ނުދާ ކަމުގައި ދަންނަވަމެވެ. އެހެން ނަމަވެސް " ހައި ހައި" ލަވައާއި ގުޅިގެން އޮޅުވާލައިގެން މީހަކު ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅާ، އެ މައްސަލައާއި ގުޅިގެން ސިމްބޮލިކް ރެކޯޑްސް އިން ވަރަށް ފުރިހަ އެއްބާރުލުމެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށްދީ އެ މައްސަލައާއި ގުޅިގެން ވީ އެންމެ ފުރިހަމައަކަށް ޖަވާބުދާރީވެ ކަމުގެ ހަގީގަތް ފުލުހުންނާއި ހިއްސާކޮށްފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި ސިމްބޮލިކް ރެކޯޑްސް އާއި މި ރެކޯޑް ލޭބަލްގެ އާޓިސްޓުންނަކީ، ރައްޖޭގައި ހެދިފައި ހުރި އެންމެހާއި ގާނޫނުތަކާއި، ގަވައިދުތަކަށް ބޯލަނބާ، އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ބައެއް ކަމުގެ ޔަގީންކަން އަރުވަމެވެ. އެ މައްސަލައަކީ އަދި ތަހުގީގު މަރުހަލާގައިވާ މައްސަލައެއް ކަމުން އެމައްސަލައާއި ގުޅޭ އިތުރު މައުލޫމާތު މި ވަގުތުި ހިއްސާ ކުރެވެން ނެތް ވާހަކަވެސް ދަންނަވަމެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުނުހާ އަވަހަކަށް އެ މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ވާހަކަވެސް ދަންނަވާލަމެވެ،. އަދި ދަންނަވަމެވެ. އަޅުގަނޑުމެން މި ރެކޯޑް ލޭބަލް އާއި ދެކޮޅަށް ތަފާތު ވާހަކަތައް ދައްކާ، ތަފާތު ތުހުމަތުަތަށް ކުރައްވަމުން ގެންދަވާ ފަރާތްތަކަކީވެސް މި ރިކޯޑް ލޭބަލް އަށް އިތުރު ކުރިއެރުމާއި، ހިތްވަރުދޭ ބައެއް ކަމުގައި ދެކެމެވެ. އެހެން ކަމުން އެފަދަ ހުރިހާ ފަރާތްތަކަށްވެސް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ. އަދި އެ ފަރާތްތަކުން މި ރެކޯޑްލޭބަލް އާއި ދޭތެރޭ ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކުން ހުއްޓާލައި، މަގުސަދަކީ "ވައިބް" ފެތުރުން ކަމަށްވާނަމަ، " ޕޮޒިޓިވް ވައިބް" ފެތުރުން އެއީ މާ ރަނގަޅު ގޮތެއް ކަމުގައި ދެކޭ ވާހަކަވެސް ދަންނަވަމެވެ.. މީގެ އިތުރުންވެސް މި ރެކޯޑް ލޭބަލްގެ ދަށުން ނިކުންނަން ހުރި އެތަކެއް ޕްރޮޑަކްޝަން އަދިވެސް އެބަ ހުރިކަމަށާއި،. މި ރެކޯޑް ލޭބަލް އިން އަބަދުވެސް ބަލަނީ އެއް ޕްރޮޑަކްޝަނަށްވުރެ އަނެއް ޕްރޮޑަކްޝަން ފުރިހަމަ ކުރުމަށް ކަމަށާއި، އިރާދަ ފުޅާއެކު، " ކޮލިޓީ" ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް މި ފުރުސަތުގައި އަރުވަމެވެ. އަދި އަޅުގަނޑުމެންނަށް ކެނޑި ނޭޅި ތިޔަ ދެއްވަމުން ގެންދަވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމަވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންނާއެކު ތި ހުރިހާ ފަރާތްތަކުންވެސް ތިއްބަވާނެ ކަމަށް އުމްމީދު ކުރަމެވެ. އަދި ދަންނަވަމެވެ،. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަކީ ވަކި ބަޔަކު ކޮންޓްރޯލް ކުރާ އިންޑަސްޓްރީ އަކަށް ވުމުގެ ބަދަލުގައި އެންމެނަށްވެސް ހަމަ ހަމަ ފުރުސަތު ލިބޭނެ އަދި އަމިއްލަ އުފެއްދުންތަކަށް ލޯބި ކުރާ ބަޔަކު އުޅޭ ތަނަކަށް ހެދުމަށް ސިމްބޮލިކް އިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ